މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ، މާލެ، ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) ގެއްލިގެން އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

ޙަސަން ޔާމީން ގެއްލިފައިވަނީ 2025 ޖުލައި 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެގެންނެވެ.

އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 ޖުލައި 14 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރުއެވެ. މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ޙަސަން ޔާމީން ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

ޙަސަން ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.