ޗައިނާގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއިން އެ ޤައުމުގެ ރައްޔިތުން ސަލާމަތް ކުރުމަށް ޚިދުމަތް ކުރަމުންދިޔަ އުމުރުން 27 އަހަރުގެ ޒުވާން ޑޮކްޓަރެއް މަރުވެއްޖެއެވެ.
ޑރ. ސޮންގް ޔިންގްޖީ މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށާއި، ހާޓް އެޓޭކް ޖެހެން މެދުވެރިވީ އެއްވެސް އަރާމު ކުރުމެއްނެތި މާގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ޑޮކްޓަރު ވަނީ 10 ދުވަސް ވަންދެން މެދުކެނޑުމެއްނެތި މީހުންނަށް ފަރުވާދިނުމުގައި މަސައްކަތްކޮށްފައެވެ. ޗައިނާގެ ކައިއުން ސިޓީއަށް ނިސްބަތްވާ އެޒުވާން ޑޮކްޓަރު މަރުވީ ހޯމަ ދުވަހު މަސައްކަތް ނިންމާލުމަށްފަހު، އޭނާގެ ކޮޓަރިއަށް ގޮސް އުޅެނިކޮށެވެ.
ޑެއިލީމެއިލްގައިވާ ގޮތުގައި، ޑރ. ސޮންގް ވަނީ ޖެނުއަރީ 25 އިން ފެށިގެން ރަނގަޅަށް އަރާމުނުކޮށް މަސައްކަތުގައި ހޭދަކޮށްފައެވެ.
ޑރ.ސޮންގް މަރުވުމާ ގުޅިގެން އޭނާގެ އާއިލާއަށް ޗައިނާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާއިރު، ސޮންގްގެ ދައްތަ ބުނެފައިވަނީ ޑރ.ސޮންގްއަކީ ވަރަށް ހިތްވަރުގަދަ މަސައްކަތައް ފަރުވާތެރި އަދި އަބަދުވެސް އެހެންމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މިސާލު ދައްކާ މީހެއްކަމަށެވެ.
ޑރ. ސޮންގް މަރުވި އިރު 25 ޖެނުއަރީ 2020 އިން ފެށިގެން އަރާމެއްނެތި މަސައްކަތްކުރަމުން ދިޔައީ ކޮރޯނާ ވައިރަސް ފެތުރެމުންދާ ހުނާން ޕްރޮވިންސްގައި އެއްގަމު ވެހިކަލު ތަކުގައި ދުއްވާ އެއްޗެހީގެ މަގުން ދަތުރުކުރާ މީހުންގެ ފިނިހޫނުމިން ބެލުމުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!