މިދިޔަ މަހުގެ 31 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބަށް ކެންޕެއިން ކުރެއްވުމަށް މަކުނުދޫގެ ބަޔެއް ރައްޔިތުންނާއި ބައްދަލު ކުރައްވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ މަކުނުދޫގައި ހަދަމުންގެންދާ ޕާކާއި ގުޅޭގޮތުން ދެއްކެވި ވާހަކަ ހޯމް މިނިސްޓްރީއިން ދޮގުކޮށްފިއެވެ.

ހޯމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިނާޝާ ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލު ވުމުގައި ރާއީ ވިދާޅުވީ މަކުނުދޫ ޕާކް ހެދުމުގެ މަސައްކަތް ކުރިޔަށްގެންދަނީ ސަރުކާރުން ޚަރަދުކޮށްގެން ހޯމް މިނިސްޓްރީގެ ފަރާތުން ކަމަށެވެ.

Ad
rt

ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަފްސީ އަބްދުﷲ ވިދާޅުވީ މިވަގުތު ހޯމް މިނިސްޓްރީގެ ފަރާތުން މަކުނުދޫގައި ޕާކެއް ހެދުމުގެ ޕްރޮޖެކްޓެއްވެސް އަދި އެހެން ޕްރޮޖެކްޓެއްވެސް ކުރިޔަށް ނުގެންދާ ކަމަށެވެ.

ނަމަވެސް އެކިރަށް ރަށުގައި އެމިނިސްޓްރީ އާއި ކައުންސިލްތައް ގުޅިގެން ޕާކާއި އަދި އެހެނިހެން ޕްރޮޖެކްޓްތައް ކުރިއަށް ގެންދާކަމަށް ހަފްސީ ވިދާޅުވިއެވެ.