ހއ. ހޯރަފުށީގައި ފެންފުޅި ބަންދު ކުރާ ޕްލާންޓެއް ޤާއިމްކުރުމަށް އިންޑިޔާއިން ދިވެހިރާއްޖެއަށް އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރީ ފޮރިންމިނިސްޓްރީޣައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ހައި ކޮމިޝަނަރ ސަންޖޭ ސުދީރްއެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ.

Ad
rt

މި ފެން ޕްލާންޓު ޤާއިމް ކުރުމަށް 8 މިލިއަން ރުފިޔާގެ އެހީ ދިނުމަށް އިންޑިޔާއިން ވަނީ ނިންމާފައެވެ. މިއީ އިންޑިއާ ސަރުކާރުގެ 'ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމެންޓް' (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން ކުރިއަށްގެންދެވޭ މަޝްރޫއުތަކެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި އިންޑިއާ އާއި ދެމެދު ވަނީ އައްޑޫގެ ފަސް ސަރަހައްދެއް އިކޯ ޓޫރިޒަމަށް ތަރައްޤީ ކުރުމަށް ނިންމައި އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.