ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި އޮންނަ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް މޯލްޑިވިއަން އިން ފަށައިފިއެވެ.
ހަނިމާދޫއިން ސީދާ ބެންގަލޫރަށް ދަތުރުތައް މޯލްޑިވިއަން އިން އިއްޔެ (15 މެއި 2025) ފަށާފައިވާއިރު، ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ދަތުރުފަތުރު ފުޅާކުރުމަށް އެޅިގެންދިޔަ މި މުހިންމު ފިޔަވަޅު މޯލްޑިވިއަނުން ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން ހަނިމާދޫއިން ބެންގަލޫރަށް ދަތުރުކުރި ފުރަތަމަ ފްލައިޓުގައި ދަތުރުކުރި ފުރަތަމަ ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައިވެއެވެ.
ހަނިމާދޫ- ބެންގަލޫރު ދަތުރުތައް ފެށުމަށް ފުރަތަމަ ފަސިންޖަރަށް މަރުހަބާ ކިޔުން، ފޮޓޯ: މޯލްޑިވިއަން
މިއީ ބައިނަލްއަގުވާމީ ގޮތުން މުހިންމު މަންޒިލްތަކާ ރާއްޖެ ގުޅުވާލުމަށް މޯލްޑިވިއަންއިން ކުރަމުންދާ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެކެވެ.
A warm welcome to our first passengers on the inaugural Hanimaadhoo ➡️ Bangalore flight! All smiles as we mark a significant step in expanding international connectivity from the northern region. ✈️#HanimaadhooToBangalore #InauguralFlight pic.twitter.com/mAfnPPIqV4
— MaldivianAero (@MaldivianAero) May 15, 2025
ހަނިމާދޫއިން ބެންގަލޫރަށް ފެށިގެންދިޔަ ދަތުރުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއާއި ދެމެދުގައި އިގުތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ބަދަހިވެ، ފަސިންޖަރުންނަށް އެންމެ ކަމުދާނެ ދަތުރުތައް ހިޔާރު ކުރުމުގެ ފުރުސަތު ފުޅާވާނެ ކަމަށް މޯލްޑިވިއަނުން ދެކެއެވެ.
ހަނިމާދޫއިން ސީދާ ބެންގަލޫރަށް ދަތުރުތައް ފެށިއިރު، ހަނިމާދޫ ޓްރެވެންޑްރަމް ދަތުރުތައް ވެސް އަންނަނީ ބާއްވަމުންނެވެ.
Our inaugural flight from Hanimaadhoo to Bangalore has departed safely, marking a new chapter in regional connectivity. #HanimaadhooToBangalore #InauguralFlight ✈️ pic.twitter.com/aBfXBiDCml
— MaldivianAero (@MaldivianAero) May 15, 2025
ބައިނަލްއަގުވާމީ ދަތުރުތައް ދުވަހުން ދުވަހަށް ފުޅާކުރުމުގެ މަސައްކަތް މޯލްޑިވިއަން އިން ކުރަމުން އަންނައިރު، މިވަގުތު އެ ކުންފުނީގެ ފްލީޓުގައި އޮތީ 13 ބޯޓެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު ހިމެނެއެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!