އާބާދީ ބޮޑު މަސްވެރިކަމާއި ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭ ހއ. އިހަވަންދޫގައި ރަސްމީކޮށް ކޮމިއުނިޓީ ސްކައުޓު އިފްތިތާހް ކޮށްފި އެެވެ.

އިހަވަންދޫގައި 2005 ވަނަ އަހަރު އުފެދުނު ސްކޫލުގެ ސްކައުޓް ގްރޫޕު (8 ވަނަ ހއ އަތޮޅު ސްކައުޓު ގްރޫޕު) ގެ ފުރަތަމަ ބެޗްގެ ސްކައުޓުންގެ އިސްނެގުމުގެ މަތިން، އިހަވަންދޫގައި ރޯވާ ސްކައުޓު ގްރޫޕެއް މިވަނީ "ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް" ގައި 19 ޑިސެމްބަރ 2019 ގައި "އިހަވަންދޫ ކޮމިއުނިޓީ ސްކައުޓް ގްރޫޕު" ގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައެވެ. އަދި މި ގްރޫޕު ރަސްމީކޮށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު 18 ޖަނަވަރީ 2020 ގައި އިހަވަންދޫގައި ވަނީ ބާއްވާފައެވެ.

Ad
rt

މިއީ ދިވެހިރާއްޖޭގައި އުފެނު މިފަދަ 3 ވަނަ ކޮމިއުނިޓީ ސްކައުޓް ގްރޫޕްކަން ފާހަގަކޮށްލެވޭއިރު ރާއްޖެތެރޭގެ ރަށެއްގައި އުފެދުނު ފުރަތަމަ ކޮމިއުނިޓީ ސްކައުޓު ގްރޫޕްއެވެ.

މި ގްރޫޕަކީ އިހަވަންދޫ ސްކޫލުގެ ސްކައުޓް ގްރޫޕާއި ސަރަހައްދުގެ ސްކައުޓު ގްރޫޕުތަކަށް އެހީތެރިވެދިނުމަށާއި އިހަވަންދޫގައި އިޖްތިމާއީ ހަރަކާތްތައް ރާވާ ހިންގުމުގެ މަޤުޞަދުގައި އުފެދުނު ކޮމިއުނިޓީ ސްކައުޓް ގްރޫޕްއެއްކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ.

މި ސްކައުޓް ގުރޫޕުން ހިންގާ ހަރަކާތްތަކުގެ މަޢުލޫމާތު ފޭސްބުކް ޕޭޖްއަށް ޒިޔާރަތް ކުރުމުން ލިބޭނެކަމަށް އެފަރާތުން ބުނެފައިވެއެވެ.