ތިލަދުންމަތީ އުތުރުބުރީ ދިއްދޫ، ދި-ފައުންޑޭޝަން އިން އިސްނަގައިގެން އެ ރަށުގައި ހުންނަ ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ އެލްކޭޖީ އަދި ޔޫކޭޖީ ދަރިވަރުން ކިޔަވަމުން އަންނަ ކްލާސް ރޫމްތައް އޭސީކޮށްދީފިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ހަތަރު ކްލާސް ރޫމުގައި އޭސީ ހަރުކޮށްފައިވާއިރު އެ ކޮންމެ ކްލާސް ރޫމެއްގައި ވަނީ ދެ އޭސީ ހަރުކޮށްފައެވެ.

Ad
rt

ދިފައުންޑޭޝަން އިން ބުނީ މި ޕްރޮޖެކްޓްގެ ސަބަބުން ކުދިންނަށް ފަސޭހައިން ކިޔެވޭނެ ފަދަ ފިނި ހިތްފަސޭހަ މާހައުލެއް ގާއިމްވެގެން ގޮސްފައިވާ ކަމަށެވެ.

ދިއްދޫ، ދި-ފައުންޑޭޝަނުން ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ އެލްކޭޖީ-ޔޫކޭޖީ ދަރިވަރުން ކިޔަވަމުން އަންނަ ކްލާސް ރޫމްތައް އޭސީކޮށްދިނުމަށް ގެންދިޔަ އޭސީތައް ހަވާލުކުރުން، ފޮޓޯ: ދި ފައުންޑޭޝަން

މި ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައި ވަނީ ދިފައުންޑޭޝަނާއި އެހީ ޖަމިއްޔާ ގުޅިގެންނެވެ.

ދިއްދޫ، ދި-ފައުންޑޭޝަނުން ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ އެލްކޭޖީ-ޔޫކޭޖީ ދަރިވަރުން ކިޔަވަމުން އަންނަ ކްލާސް ރޫމްތައް އޭސީކޮށްދިނުމަށް ގެންދިޔަ އޭސީތައް، ފޮޓޯ: ދި ފައުންޑޭޝަން

މި ޕްރޮޖްކެޓް ކާމިޔާބު ކަމާއިއެކު ނިންމާލުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ދިފައުންޑޭޝަންގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް އެހީ ޖަމިއްޔާގެ އިތުރުން ދިއްދޫގައި އޭސީ ކޯސް ކިޔަވާ ދަރިވަރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.