ކަރަންޓީނުގެ އުސޫލަކީ ގަޟާގަދަރަށް އީމާންވުމާއި ފުށުއަރާ ކަމެއް ނޫން: ‎ޚުޠުބާ

27504804793_d7b21ab14a_b

ބައެއް މީހުންނަށްނަށް ހީވެފައި އޮންނަ ގޮތާ ހިލާފަށް ކަރަންޓީނުގެ އުސޫލަކީ ގަޟާގަދަރަށް އީމާންވުމާއި ފުށުއަރާ ކަމެއް ނޫން ކަމަށާއި އަދި ﷲއަށް ވަކީލުކުރުމާއި ފުށުއަރާ ކަމެއްވެސް ނުމެނޫން ކަމަށް މިއަދުގެ ހުކުރު ‎ޚުޠުބާގައި ބުނެފިއެވެ.

ބަލި ހާލަތު މެދުވެރިވުމުގެ ސަބަބާއި މުސްލިމުން އަމަލުތައް ބަހައްޓަންވީ ގޮތް މިމައުޟޫގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ދިން ‎ޚުޠުބާގައި ބުނެފައިވަނީ ވާންހުރި ކަމެއް ވާނެ ނޫންހޭ ބުނެ ސަބަބުތަކުގައި ނުހިފާ ދޫކޮށްލުމަކީ އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށެވެ.

އަދި ނުރައްކާތެރި ތަފާތު އެކި ކަހަލަ ޖަރާސީމުތަކާއި ރޯގާތަކާއި ބަލިތައް އާއްމުވުމަކީ އެންމެހައި އިންސާނުން އެކަމާމެދު ވިސްނާ ފިކުރުކޮށް އިބްރަތް ލިބިގަނެ ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއް ކަމަށާއި ބައްޔެއް ފެތުރެމުންދާނަމަ އެއްބައްޔަކުން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިނާ ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް ‎ޚުޠުބާގައި ބުނެފައިވެއެވެ.

https://www.facebook.com/minislamicaff/videos/227162928288007/?vh=e&d=n

މިއަދު ބައެއް ގައުމުތަކުން ފެނިފައިވާ ނުރައްކާތެރި ވައިރަހެއް ކަމުގައިވާ ކޮރޯނާ ވައިރަސް ދަނީ ހަލުވިގޮތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ކަމަށްވާއިރު އެގޮތުން އަވަށްޓެރި ބައެއް ގައުމުތަކުން ވެސް މި ވައިރަސް މިހާރު ވަނީ ފެނިފައެވެ.

ވީމާ މިކުޑަކުޑަ ދިވެހިރާއްޖެއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މެހެމާނުން ޒިޔާރަތް ކުރާ މަންޒިލަކަށްވުމުން ގައިން ގަޔަށް އަރާ މިފަދަ ނުރައްކާތެރި ވައިރަހެއް ފެތުރެމުންދާ ދަނޑިވަޅެއްގައި އަޅުގަނޑުމެން ދިވެހިން ވަކިން ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ‎ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

ބައްޔަކީ ބައެއް ފަހަރު މުއުމިން އަޅުތަކުންގެ ދަރަޖަ އުފުލުމަށް މެދުވެރިވާ ސަބަބެއް ކަމަށްވާއިރު ބައެއް މީހުންނަށް ހީވާ ގޮތުން ބައްޔަކީ ހަމައެކަނި މުސީބާތެއް ގޮތުގައި މެދުވެރިވާ ކަމެކެވެ. އަދި ނުރަނގަޅު މީހަކަށް މެނުވީ ބައްޔެއް ނުޖެހޭނެ ކަމަށް ބައެއް މީހުން ދެކެއެވެ. ނަމަވެސް ކޮންމެ މީހަކުވެސް ބަލިވާނެއެވެ. މިކަމަށް އޮންނަ ގޮތަކީ އާއްމު ސިއްހަތާ ބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ތަބާވެ ބޯ ލަބައިގެން އެކަލާނގެ ރަހުމަތުން ނާއުއްމިދު ނުވެ ﷲގެ ހަސްރަތުން ސިފާއެއް އެދި ދަންނެވުން ކަމުގައި ހުތުބަގައި ބުނެފައިވެއެވެ.

(31 ޖަނަވަރީ 2020)
ޚުޠުބާގެ މައުޟޫޢު:ބަލިޙާލަތު މެދުވެރިވާ ސަބަބާއި، މުސްލިމުން ޢަމަލުތައް ބަހައްޓަންވީގޮތް
http://bit.ly/Khuthubaa5

#MVIaffairs

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *