ކޮރޯނާވައިރަސް ނޫނަސް ހުން، ކެއްސުން، ކިނބިހި އެޅުން، ބޭރަށްހިންގުން ފަދަ އަލާމާތެއް ހުރެއްޖެނަމަ ބޭރުތެރެޔަށް ނުކުމެ ނޫޅުމަށް ޑޮކްޓަރު ނިޔާފު ނަސޭހަތްތެެރިވެ ވަޑައިގެންފިއެވެ.

ޑޮކްޓަރު ނިޔާފު ބުނުއްވީ އެފަދަ އެއްވެސް ކަމެއް ކުރިމަތިވެފައި ވާނަމަ ގިނަ ގިނައިން އަތްދޮވެ، ހޭންޑް ރަބް އުނގުޅައި ސާފުކުރުމަށާއި، ސާފުތާހިރު ކަމަށް އިސްކަންދީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައި، ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ސަމާލުވުމަށެވެ.

Ad
rt

އޭގެ އިތުރަށް ޑޮކްޓަރު ވަނީ މަގުމައްޗައް ކުޅުޖެހުމުގެ ނުރަނގަޅު އާދަ ނައްތާލަން ގޮވާލަށްވާފައެވެ. ހަމަ އެގޮތައް މަގުމައްޗައް އަދިއެބާވަތުގެ އެހެނިހެން ތަންތަނަށް ރޯގާ ފޮޅުން ވެސް މުޅިން ހުއްޓެންޖެހޭކަމަށް ޑޮކްޓަރު ބުނުއްވާފައި ވެއެވެ. އެޔަކީ ބަލިމަޑުކަން ފެތުރުމުގެ ފުރުސަތު ބޮޑު ކުރުވާ ކަންނަމަށް ޑޮކްޓަރު ނަސޭހަތްތެރިވެ ވަޑައިގަނެފައިވެއެވެ.

ޑޮކްޓަރު އިތުރަށް ބުނުއްވީ ސަމާލުވެ ތިބުމަށާއި އިސްލާހުވެ، އިސްލާހުކުރަން ބާރުއެޅުމަށެވެ.