ރާއްޖޭގެ ރައްތައް ގިރަމުންދާ މައްސަލާގައި މަޖިލީހުގެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް މާދަމާއަށް ތާވަލު ކޮށްފިއެވެ.

ދިވެހި ރާއްޖޭގެ ގިނަ ރަށްތަކެއް އާދަޔާ ޚިލާފަށް ގިރަމުންދާ މައްސަލާގައި ރައްޔިތުންގެ މަޖިލިސްގެ އެންވަޔަރަމަންޓް އެންޑް ކްލައިމޭޓް ޗޭންޖް ކޮމެޓީގެ ކުއްލި ބައްދަލުވުން އޮންނާނީ މާދަމާ ހެނދުނު 11.00 ގައެވެ.

Ad
d

މަޖިލިސް އިދާރާގައި ބޭއްވުމަށް ނިންމާފައިވާ އެ ބައްދަލުވުން ވަނީ އާންމުކޮށް ހުޅުވާލެވިފައިކަމަށް މަޖިލިސް އިދާރާއިން ހާމަ ކުރައްވައެވެ.

ރާއްޖޭގެ ގިނަ ރައްތައް އާދަޔާ ޚިލާފަށް ގިރަމުންދާ މައްސަލާގައި ތިމާވެށީގެ ހިމާޔަތުގައި ވަކާލާތު ކުރަށްވާ ފަރާތްތަކުން އަޑު އުފުލަމުން ދާތ ާވަނީ ދުވަސްތަކެއް ވެގެން ގޮސްފައެވެ.

މަޖިލިސްގެ ބައެއް މެމްބަރުންވެސް އެ ކަންބޮޑުވުން ފާޅު ކުރަށްވަމުން ގެންދަވާއިރު، އޮން ލައިން ބައެއް ނޫސްތަކަކުންވެސް ވަނީ އިއްޔެ އެކަމާއި ގުޅޭ ޚާއްސަ ޚަބަރުތަކާއި، ރިޕޯރޓްތައް ގެނެސްދީފައެވެ.

Ad
df
Thiladhun | Voice of Thiladhunmathiމިފޮޓޯތައް ބަލާފައި "ޖަޒީރާ ހޭޝްޓެގް" ޖައްސަވަން ބޮޑަށް ރަނގަޅީ ފައިވާނުގެ ދަށްA hub for conversation about news and ideas from Bodu Thiladhunmathi.

ރާއްޖެގެ އެކި ކަންކޮޅު ތަކުގައި ރަށް ގިރުމުގެ މައްސަލަވަނީ އިންތިހާއަށް ކުރިމަތިވެފައެވެ. އެތައް އަހަރުތަކެއް ވެފައިވާ މިމައްސަލައަށް އެދެވޭ ހައްލެއް ލިބިފައެއް ނުވެއެވެ.