ހއ. ތަކަންދޫއިން ގޯތި ދޫކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ތަކަންދޫ ކައުންސިލުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ވާ ގޮތުން އެރަށުން ދޫކުރުމަށް ހަމަޖައްސާފައި ވަނީ 3000 (ތިންހާސް) އަކަފޫޓުގެ 23 ގޯއްޗާއި 3990 (ތިންހާސް ނުވަސަތޭކަ ނުވަދިހަ) އަކަފޫޓްގެ 1 ގޯއްޗެވެ.

Ad
rt

ގޯތިތައް ދޫ ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ތަކަކީ، ތަކަންދޫގެ އިރުމަތީ ކުޅީގެ ހުޅަގުން ޔަމަން ކިޔާ ގޯތީގެ އިރު އުތުރުގައިވާ ސަރަޙައްދުން 3000 (ތިންހާސް) އަކަފޫޓުގެ 07 ގޯއްޗާއި، އެވެނިއު ކިޔާ ގޯތީގެ އިރުމަތިން 3000 (ތިންހާސް) އަކަފޫޓުގެ 2 ގޯތި، ވެލި ކިޔާ ގޯތީގެ އިރުމަތިން 3000 (ތިންހާސް) އަކަފޫޓުގެ 2 ގޯތި ޑޭލައިޓް ކިޔާ ގޯތީގެ ދެކުނުން 3000 (ތިންހާސް) އަކަފޫޓުގެ 01 ގޯތި، ޑޭލައިޓް ކިޔާ ގޯތީގެ އިރުން 3000 (ތިންހާސް) އަކަފޫޓުގެ 04 ގޯތި،ފެންފިޔާޒް މަގުން ދެކުނުން 3000 (ތިންހާސް) އަކަފޫޓުގެ 08 ގޯތި، ތަރިކަ ކިޔާ ގޯތީގެ އިރަށް ކުރިކީލަ ކިޔާ ގޯތީގެ އުތުރުން 3990 (ތިންހާސް ނުވަސަތޭކަ ނުވަދިހަ) އަކަފޫޓުގެ 01 ގޯއްޗެވެ.

އެ ޢިއުލާންގައި ވާގޮތުން މި ފަހަރު ގޯތި ދޫކުރަނީ ސަރުކާރުން އެކުލަވާލައި ޢާއްމުކުރައްވާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާއި 18 ޖުލައި 2019 ގައި ކައުންސިލުން ފާސްކޮށްފައިވާ، ތަކަންދޫއިން ގޯތި ދޫކުރުމުގެ އުޞޫލު ގައިވާ ގޮތުގެމަތިން ގޯތި ހޯދުމަށް އެދޭ، ގޯތި ލިބުމުގެ ޝަރުޠު ހަމަވާ މީހުންގެ ތެރެއިން އެންމެމަތިން ޕޮއިންޓުލިބޭ 25 (ފަންސަވީސް) ބޭފުޅުންނަށެވެ.

ތަކަންދޫއިން ގޯތި ހޯއްދެވުމަށް ބޭނުންފުޅުވާ ބޭފުޅުން، "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކުރައްވައި 16 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 12:00 ގެކުރިން އެ އިދާރާއަށް ހުށަހެޅުއްވުން ޖެހެއެވެ.