ހއ. އަތޮޅުން 36 ފަރާތަކަށް އަދި ހދ. އަތޮޅުން 29 ފަރާތަކަށް މި އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޓިކެޓް ކަށަވަރު ވެއްޖެއެވެ.
ހއ. އަދި ހދ. އަތޮޅުގެ ރަށު ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ކުރިމަތިލި 65 ފަރާތަކަށް ޕްރައިމަރީއަކަށް ނުގޮސް ޓިކެޓް ކަށަވަރު ވެފައިވާކަމަށް މިއަދު އެޕާޓީން ކޮށްފައިވާ ޢިއުލާނުގައި ބުނެއެވެ.
ޕްރައިމެރީއާނުލާ ޓިކެޓު ލިބުނު ކެންޑިޑޭޓުންގެ ލިސްޓުhttps://t.co/Mj1dowSQZY
— MDP Secretariat (@MDPSecretariat) January 27, 2020
އެފަރާތްތަކަށް ޓިކެޓް ކަށަވަރުވީ، މި މަހުގެ 31 ވަނަ ދުވަހު އޮންނަ އެ ޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެ ފަރާތްތައް ކުރިމަތިލީ ރަށްތަކުން ޕްރައިމަރީއަށް ދާންޖެހޭ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީއެވެ. އެ ރަށްތަކުން ކުރިމަތިލީ އެރަށް ތަކަށް ކަނޑައެޅިފައިވާ ޖާގައާއި އެއްވަރަށް ނުވަތަ އެއަށްވުރެއް މަދުންނެވެ.
ށ. އަތޮޅުން 40 ފަރާތަކަށް ޓިކެޓް ކަށަވަރު ވެފައިވާއިރު، ނ. އަތޮޅުގެ 37 ފަރާތަކަށް، ރ. އަތޮޅުން 31 ފަރާތަކަށް އަދި ބ. އަތޮޅުން 36 ފަރާތަށްވަނީ ޓިކެޓް ކަށަވަރު ވެފައެވެ.
އެމްޑީޕީއިން މި ރޭ ނެރެފައިވާ ޢިއުލާންގައި ވާގޮތުން މުޅި ރާއްޖެއިން 387 ފަރާތަކަށްވަނީ ޕްރައިމަރީއަކާއި ނުލައި ރަށު ކައުންސިލް ޓިކެޓް ކަށަވަރުވެފައެވެ.
އެ ޢިއުލާން ބުނާ ގޮތުން 2 އަތޮޅެއްގެ އަތޮޅުކައުންސިލްގެ ޓިކެޓްވެސް ވަނީ 2 ފަރާތަކަށް ކަށަވަރުވެފައެވެ. އެ ގޮތުން ހއ. އަތޮޅު ކައުންސިލްގެ ޓިކެޓް ހއ. ދިއްދޫ، ނިޝާން، މޫސާ ޝަފީޤަށްވަނީ ލިބިފައެވެ. އަދި ރ. އަތޮޅު ކައުންސިލްގެ ޓިކެޓް ފ. ބިލެތްދޫ، ޖަވާހިރުމާގެ، މުޙައްމަދު ސަހުރީދަށްވަނީ ޓިކެޓް ލިބިފައެވެ.
މާލޭ ސިޓީ ކައުންސިލްގެ 6 ދާއިރާއެއްގެ ޓިކެޓްވެސް ވަނީ 6 ފަރާތަކަށް ކަށަވަރުވެފައެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާއިރު، އޭގެ ތެރެއިން 33 ޕަސެންޓް ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!