މޯލްޑިވްސް މިގްރޭޝަން އޮފިސަރުންތަކެއް ކޮރަޕްޝަން މައްސަލައެއްގެ ތަހުގީގު ފަށަައިފިއެވެ.

ފުލުހުން މިރޭ ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

Ad
rt

މި މައްސަލާގައި 20 މާރިޗް 2025 ވަނަ ދުވަހުގެ ރޭ ގެއެއް ބަލާފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މި ބަލާފާސްކުރުމުގައި ތިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހްގީގު ކުރިއަށްދާ މިންވަރަކުން މައްސަލައިގެ އިތުރު ތަފްސީލް ހާމަކުރާނެކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.