"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4,000 ފްލެޓް ލިބޭ ފަރާތްތަކުގެ އަލަށް އާންމުކުރެވުނު ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޭޕްރީލް 15، 2025 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ގެދޮރުވެރިކަމާއި ބިނާވެށި ކުރިއެރުވުމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ޞައްޙަކުރުމަށްފަހު، ގެޒެޓްގައި ޝާއިޢުކޮށްފައިވާ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ކުރިން ދީފައިވާ މުއްދަތުގެ ތެރެއިން 20 މާރިޗު 2025 އިން 31 މާރިޗު 2025 އަށް އެއީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައިވާތީ، މި މުއްދަތު އިތުރުކުރުމަށް ނިންމީއެވެ.

Ad
rt

ވެރިފިކޭޝަނަށްފަހު ނެރުނު ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައި، ސަރުކާރުގެ އިދާރާތަކުގައިހުރި މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާނަމަ އެ ފަރާތްތަކަށް ޙައްލު ހޯދައިދެވޭނެ ކަމަށް ގެދޮރުވެރިކަމާއި ބިނާވެށި ކުރިއެރުވުމާބެހޭ ވުޒާރާއިން ވަނީ ބުނެފަވެއެވެ.

4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓް ނެރެފި

އެހެންކަމުން އެފަދަ ފަރާތްތަކުން ޕޯޓަލް ތެރެއިން ތަފްޞީލާއެކު ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން," ގެދޮރުވެރިކަމާއި ބިނާވެށި ކުރިއެރުވުމާބެހޭ ވުޒާރާއިން ބުނެފަވެއެވެ.

"ގެދޮރުވެރިޔާ" ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައި ވަނީ 27 ފެބްރުއަރީ 2025 ގައެވެ.