ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަން މިރޭވެސް މެންދަމު 1:00 އާހަމައަށް ހުޅުވާފައި ބެހެއްޓޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަން މިރޭވެސް މެންދަމު 1:00 އާހަމައަށް ހުޅުވާފައި ބެހެެއްޓޭނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ކަނޑައަޅުއްވައި އިއުލާނުކޮށްފައެވެ.

Ad
rt

''އެހެންކަމުން ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ވިޔަފާރިތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް މަަަސައްކަތްކުރުމަކީ ސަރުކާރުން ނުހަނު އެދޭކަމެއް'' ހީނާ ވިދާޅުވެފަވެއެވެ.

މާދަމާ އަކީ މި (1446 ވަނަ) އަހަރުގެ ރޯދަ (ރަމަޟާން) މަހުގެ ފުރަތަމަ ދުވަސްކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިރޭ ވަނީ ކަނޑައަޅާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ފަތިހު 5:30 އިން މެންދަމު 1:00 އަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެކަމަށް ކަނޑައަޅާފައެވެ.

މި ދުވަސްތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއެއް ކަމުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައި ވަނީ ހަވީރު 5:30 އިން މެންދަމުން 3:00 އަށެވެ.