ހއ. ހޯރަފުށީގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަން އުޅުނު ދިވެހި ފިރިހެނަކު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ބާރުގެ ބޭނުންކޮށްގެން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުގެ ރޭ 23:21 ހާއިރުއެވެ.

Ad
rt

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރަން އުޅުނު މީހާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާ ގުޅިގެން، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އޭނާ ހައްޔަރުކޮށްފައިކަމަށް ފުލުހުން ބުންޏެވެ.

މައްސަލައިގެ ބާވަތުން ތަހްގީގަށް ހުރަސްއެޅިދާނެތީ އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހްގީގް ކުރަމުންނެވެ.