ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޠާރިޤު އިބްރާހީމް (ތޯބެ) މިއަދު ޢައްޔަނުކުރައްވައިފިއެވެ.
ތޯރިގް މި މަގާމަށް ޢައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި ތޯރިގު ވަނީ ހުވައި، ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރކަމުގެ ލިޔުން ހަވާލުކުރެއްވީ ރައީސް މުޢިއްޒު އެވެ.
މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ތޯރިގު ޢައްޔަނުކުރެއްވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ތޯރިގް ކުރިން ހުންނެވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ މަގާމުގައެވެ. ތޯރިގް އެ މަގާމަށް ޢައްޔަނުކުރެއްވީ 17 ނޮވެމްބަރު 2023 ގައެވެ.
ދެ ވުޒާރާ އެއްކޮށްލައި، ވަޒީރަކަށް ތޯރިގް އައްޔަނުކުރަށްވާފައި މި ވަނީ މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ފައިސަލް 28 ޖެނުއަރީ 2025 ގައި މަގާމުން ވަކިކުރެއްވުމަށް ފަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!