އެމެރަލްޑް ގްރޭންޑް ހޮޓެލްގެ އިލެކްޓްރޯނިކް ސޮއި ފޯޖުކޮށްގެން ކުންފުނީގެ ޝެއާ ބަދަލުކުރަން އުޅުނު މައްސަލައެއް ފުލުހުންނަށް ބަލަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ އެމެރަލްޑް ގްރޭންޑް ހޮޓެލްގެ އީ-ސިގްނޭޗަރ ފޯޖްކޮށްގެން ކުންފުނީގެ ޝެއާ ބަދަލުކުރަން އުޅުނު މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށެވެ.
އެހެންކަމުން މި މައްސަލައިގެ ތަޙުޤީޤު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އިލެކްޓްރޯނިކް ސޮއި ފޯޖުކުރުމާއި ޝެއާ ނަހަމަ ގޮތުގައި ބަދަލުކުރުމަކީ ޤާނޫނީކުށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!