މިއަދު އިރުއޮއްސުނު ވަގުތު އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގި ބިދޭސީން ހޯދައި ފިޔަވަޅު އަޅާނެކަމުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން ވިދާޅުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ އިންޑިއާ ބައެއްގެ މެދުގައެވެ. އެ ސަރަހައްދަށް ގިނަބަޔަކު ޖަމާވެފައި ވަނިކޮށް ހިނގި މި މާރާމާރީއާއި ގުޅިގެން އެ ސަރަހައްދުގެ ހަމަޖެހުން ގެއްލިގެންދިޔަ މަންޒަރު މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.
މިރޭ އެކްސްގައި ޝައްމާން ވިދާޅުވީ މިއަދުގެ އިރުއޮއްސުނު ވަގުތު އާރޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގާ އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން މިހާރު ބަލަމުން އަންނަ ކަމަށާއި، މިކަމުގައި ޝާމިލްވާ މީހުން ހޯދާ ފިޔަވަޅު އަޅާނެކަމަށެވެ.
ހުކުރު ދުވަސް ފާހަގަވަނީ މާލޭގެ އާންމު ތަންތަނަށް ގިނަ އަދަދެއްގެ މީހުން އެއްވާ ދުވަހެއްގެ ގޮތުގައެވެ. މާލޭގައި މިފަދަ މީހުން ޖަމާވާތަންތަނުގައި މަސްތުގެ ހާލުގައި މީހުން އުޅުންފަދަ ކަންކަން މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!