ފުވައްމުލަ ސިޓީ މިސްކިތްކަމަގު ޝިވާ ގޭގައި ރޯވި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތައް ވަނީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ފުވައްމުލަ ސިޓީ މިސްކިތްކަމަގު ޝިވާ ގޭގައި ރޯވި އަލިފާންގަނޑު ރޭ ވަނީ ނިއްވާލާފައިވާއިރު، މިހާދިސާގައި އެެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެ އޮތޯރިޓީން ބުންޏެވެ.
’’ހާލުގައި ޖެހުނު ފަރާތްތައް ވަނީ ވަގުތީ ގޮތުން ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައި.’’ އެންޑީއެމްއޭއިން ބުނެފަވެއެވެ.
މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، ފުވައްމުލަކު ސިޓީ "ޝިވާ" ގޭގައި ރޯވި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުނީ ރޭ 22:05 ހާއިރު ކަމަށެވެ.
އެ ރިޕޯޓު ލިބުމާއެކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ގޭގަ ރޯވި އަލިފާން ނިއްވާލެވުނީ ރޭ 22:40 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކު ބެޑެއްގެ މަތީގައި އަޅާފައި އޮތް ގޮނދަޑިއެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!