ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވާ ގޮތުގައި، ހުޅުމާލޭގައި މޫދަށް އެރި އުޅުނު ކުޑަކުއްޖަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ އިދާރާއިން ގެންދަނީ ތަހްގީގު ކުރަމުންނެވެ.
މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ނޮވެމްބަރު 15 ވަނަ ދުވަހުއެވެ.
މައްސަލަ ރިޕޯޓުކުރުމާއެކު ވަގުތުން ތަޙުޤީޤު ފަށާފައިވާއިރު، މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެއެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ޤާނޫނީ ގޮތުން ވަރަށް ބޮޑަށް ސީރިއަސްކޮށް ބަލާ މައްސަލަތަކެކެވެ. މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ހަރުކަށި އަދަބުތައް ކަނޑައެޅިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!