ހުޅުމާލޭގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކްސިޑެންޓްވި ސްޕޯޓްސް ކާރު ދުއްވި މީހާ އާއި އޭގައި ތިބި އިތުރު ދެމީހުންނަށް ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވި މައްސަލަ ބަލައިގެންފިއެވެ.

ފުލުހުން މިރޭ ބުނީ، އެ ކާރުގައި ތިބި ތިން މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.

Ad
rt

މިދިޔަ ޖުލައި މަހު ވިނަރެސް ފްލެޓްތައް ކައިރިން ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހި, އެ މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ކާރު ދުއްވަން އިން އިބްރާހިމް އިކްރާމާއި ކާރުގައި ދެން ތިބި އިކްރާމުއްރަހްމާނާއި ޖިނާހް އިސްމާއިލެވެ. އެ ތިން މީހުން ވެސް ހައްޔަރުކުރީ އެކްސިޑެންޓަށްފަހު ފިލައިގެން އުޅެނިކޮށެވެ.

މީގެ ތެރެއިން އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރު ބާތިލްކޮށް, އޭނާ މިނިވަންކުރަން ހައި ކޯޓުން 1 ސެޕްޓެމްބަރު 2024 ގައި އަމުރުކުރުކުރުމުން އެ ދުވަހު އޭނާ މިނިވަންވިނަމަވެސް އެދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

މިފަހަކަށް އައިސް މާލެ ސަރަހައްދުގައި ފުލުފުލުގައި ވަނީ ބޮޑެތި ނުރައްކާތެރި އެކްސިޑެންތަކެއް ހިނގައި ބައެއް ފުރާނަތައް ވެސް ގެއްލިފައެވެ.