މާލޭގައި ވަގަށްނެގި ފޯނެއް ވިއްކާލާފައިވަނިކޮށް ފުލުހުން ހޯދައި، އެ ފޯނުގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ރޭ 18:30 ހާއިރު މާލޭގެ ރަށްފުސްގޯޅީގައި ހުންނަ ފިއުޝަން މާޓް ކައިރީގައި ފުލުހުންގެ ބީޓެއް ހަރަކާތްތެރިވަމުން ދަނިކޮށް، ބިދޭސީ ފިރިހެނަކު އޭނާ ދިރިއުޅޭ ގެސްޓްހައުސްގައި ނިދާފައި އޮއްވާ ފޯނެއް ގެއްލިގެން އުޅޭކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Ad
rt

މި ރިޕޯޓާއި ގުޅިގެން ފުލުހުން ވަނީ ގެސްޓްހައުސްގެ ސީސީޓީވީ ކެމެރާގެ ފުޓޭޖް ބަލައި، އެ ފޯނު ވަގަށްނެގި މީހާ ދެނެގަނެފައެވެ. އަދި ރޭ 21:00 ހާއިރު މާލޭގެ އޯކިޑްމަގު ފަތަޙަ ސްޓާ ކައިރިން މި ފޯނު ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ހުއްޓުވައި ސުވާލުކުރުމުން، ނޯތު ހާބަރުގައި އޮތް ސްޕީޑްބޯޓެއްގައި އިން ބިދޭސީ މީހަކަށް ފޯނު ވިއްކާލި ކަމަށް ބުނެފައިވާކަމަށް ފުލުހުން ބުންޏެވެ.

މި ފޯނު ގަތް މީހާ އަތުން މި ފޯނު ފުލުހުންވަނީ ހޯދައިމ ވެރިފަރާތާއި ހަވާލުކޮށްދީފައެވެ.

މި މައްސަލައާ ގުޅިގެން މުޙައްމަދު ވިޝާމް (26 އަހަރު) ތ. ގުރައިދޫ / ޒަމީން، ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.