ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ގެ މަގާމަށް އަހްމަދު ފާއިޒް ހަސަން ޢައްޔަނުކޮށްފިއެވެ.

ކޭއާރުއެޗުން މިރޭ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި އަހްމަދު ފާއިޒް ހަސަން އެ ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަކަށް ޢައްޔަނުކުރިކަން ހާމަކޮށް، އޭނާ އަށް ވަނީ މަރުޙަބާ ކިޔާފައެވެ.

Ad
rt

އެ މަގާމަށް ހަމަޖެއްސުމުގެ ކުރިން އަހްމަދު ފާއިޒް ހަސަން ހުންނެވީ ކޭއާރުއެޗްގެ އިދާރީ މަގާމެއްގައެވެ.

ޑެޕިއުޓީ ސީއީއޯއާއެކު ކޭއާރުއެޗުން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް އަންނާނެކަމަށް ދެކޭކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެ ހޮސްޕިޓަލްގެ ސީއީއޯ އަކީ ނާޒިމާ އަލީ އެވެ. ނާޒިމާ އެ މަގާމަށް ހަމަޖެއްސީ މިއަހަރުގެ މޭ މަހުއެވެ.

މިދިޔަ ސަރުކާރުން ގަވަރނިންގ ބޯޑެއްގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ކޭއާރުއެޗު ހަމަޖައްސައި އެތަނަށް ފުރަމަ ވެރިއެއްގެ ގޮތުގައި ޑެޕިއުޓީ ސީއީއޯ އަކަށް 8 އޯގަސްޓް 2021 ހަމަޖެއްސީ އަހުމަދު ދާއޫދެވެ.

ކޭއާރުއެޗަކީ އުތުރުގެ މައި ހޮސްލިޓަލެވެ.