ތުއްތުދަރިފުޅުގެ މުޅިތަޢުލީމީޙަޔާތް ނުތަނަވަސްކަމުގެ ތެރެއަށްވައްޓާލައި ދޮގުޚަބަރުތައް ފެތުރުމަކީ ނާތަހުޒީބު ޢަމަލެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައި ވަނީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ވަޒީރު ވިދާޅުވެފައި ވަނީ، ސިޔާސީގޮތުން އޭނާއާއިމެދު ފާޑުކިޔުމަކީ މައްސަލައެއްނޫން ކަމަށެވެ.
''ހަސަންކުރުސީގެ ނަމުގައި ފިލާތިބެ ބަޔަކު ޒާތީވެ، އަޅުގަނޑުގެ 4އަހަރުގެ ތުއްތުދަރިފުޅުގެ މުޅިތަޢުލީމީޙަޔާތް ނުތަނަވަސްކަމުގެ ތެރެއަށްވައްޓާލައި ދޮގުޚަބަރުތައް ފެތުރުމަކީ ނާތަހުޒީބު ޢަމަލެއް.'' ވަޒީރު ވިދާޅުވެފަވެއެވެ.
ސިޔާސީގޮތުން އަޅުގަނޑާއިމެދު ފާޑުކިޔުމަކީ މައްސަލައެއްނޫން. ހަސަންކުރުސީގެ ނަމުގައި ފިލާތިބެ ބަޔަކު ޒާތީވެ،އަޅުގަނޑުގެ 4އަހަރުގެ ތުއްތުދަރިފުޅުގެ މުޅިތަޢުލީމީޙަޔާތް ނުތަނަވަސްކަމުގެ ތެރެއަށްވައްޓާލައި ދޮގުޚަބަރުތައް ފެތުރުމަކީ ނާތަހުޒީބު ޢަމަލެއް.
— Mohamed Saeed (@em_saeed) August 23, 2024
ވަޒީރު މިހެން ވިދާޅުވެފައި ވަނީ ''ހަސަން ކުރުސީ'' ނަމުގައި އެކްސްގައި ހިންގާ އެކައުންޓަކުން އޭނާގެ ދަރިފުޅާއި ގުޅުވައިގެން ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!