ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން "މަވައްދަތު" ނަމުގައި ސިލްސިލާ ފޯރަމްތަކެއް ފެށުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
މި ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. ފޯރަމް ކުރިއަށް ދާނީ 20:30 އިން 22:00 އަށެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި، މި ފުރަތަމަ ފޯރަމްގެ މައުޟޫއަކީ "ކައިވެނީގެ ކުރިން" އެވެ. އަދި މި ފޯރަމްގައި މަޢުލޫމާތު ދެއްވާނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.
މި ސިލްސިލާ ފޯރަމްތަކުގެ މަޤްޞަދަކީ ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.
މިފަދަ ފޯރަމްތަކުން ޒަވާޖީ ހަޔާތުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރުތައް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!