•  
  •  
  •  
  •  
  •  
  •  
  •  

ކެރަލާގެ ކޮޗީގެ ވަލަރޕަޑަމް ގެ އިންޓަރނޭޝަނަލް ޓްރާންސް ޝިޕްމަންޓް ކޮންޓެއިނަރު ޓަރމިނަލުން 21 ޖެނުއަރީ ގައި 25 ޓަނުގެ މުއްސަފް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ.

މީގެ ހަމަސް ކުރިން އިމްޕޯރޓް ކޮށްފައިވާ އެތައްހާސް މުއްސަފް ނީލަންކިއަން ނިންމާފައިވަނީ އެތެރި ކުރިތާ ހަމަސް ވީއިރު މި ޝިޕްމަންޓް ކްލިއަރ ކޮށްފައިނުވާތީ ކަމަށް ވަނީ ބުނެފައެވެ.

މައްލަޕޫރަމްގައި އަރަބި ކިޔަވައިދޭ ކޮލެޖަކުން އެތެރެކޮށްފައިވާ މުއްސަފް ޝިޕްމަންޓަށް ދައްކަންޖެހޭ އިމްޕޯރޓް ޑިއުޓީ ބޮޑުކަމުން ކޮލެޖަށް ވަނީ މި ޝިޕްމަންޓް ކްލިއަރ ކުރެވޭ ގޮތް ނުވެފައެވެ.

ދާރުލް އުލޫމް އަރޭބިކް ކޮލެޖްގެ ޕްރިންސިޕަލް އަބްދުލް ސަލާމް އައިޕީ ވިދާޅުވިގޮތުގައި މި މުއްސަފްތަކަކީ ފޯރުންތެރިކަން ނެތް މުސްލިމް ފަރާތްތަކަށް ހިލޭ ބެހުމުގެ މަޤްސަދުގައި ސައުދީ އިން އިމްޕޯރޓްކުރި މުއްސަފްތަކެއްކަމަށާއި، ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު ބޮޑުވުމުން މިޝިޕްމަންޓް ނެގުމަށް ވަނީ އުޒުރުވެރިވެފައެވެ.

އަޅުގަނޑުމެން ޝިޕްމަންޓް ކްލިއަރ ކުރަން ދިއުމުން ކަސްޓަމުން ވަނީ 8 ލައްކަ ރުޕީސް ޑިއުޓީ ގެ ގޮތުގަ ދައްކަން ބުނެފައި، އަޅުގަނޑުމެން އަތުގައި މިހާ ފައިސާ އެއް ނެތް، ފަހުން ކަސްޓަމްސް އިން ވަނީ މި ޝިޕްމަންޓް ނީލަމުގައި ވިއްކާލާކަން އަންގާފައި

އަބްދުލް ސަލާމް އައިޕީ ވިދާޅުވިއެވެ.

ސަލާމް އިތުރަށް ވިދާޅުވިގޮތުގައި ޝިޕްމަންޓް އަނބުރާ ސައޫދީއަށް ފޮނުވައިދިނުމަށް ކަސްޓަމްސް ގައި އެދުނުކަމަށާއި ނަމަވެސް އަންބުރާ ފޮނުވުމަށް ފްރައިޓް ދައްކަން ޖެހޭކަމަށެވެ. އެހެންކަމުން 8 ލައްކަ ރުޕީސް ކޮލެޖުން ދެއްކެން ނެތްކަމަށާއި ، މި ޝިޕްމަންޓް ނީލަންކިއުމަށް އެދި ކަސްޓަމްސް އަށް ސިޓީއަކުން ހުށައެޅިކަމަށް ވިދާޅުވިއެވެ.

މުއްސަފް ޝިޕްމަންޓް ފޮނުވާފައިވަނީ 2018 ވަނަ އަހަރު ކެރެލާގައި ދިމާވި ފެންބޮޑުވި ހާދިސާގައި އެތައް މުއްސަފްތަކެއް ހަލާކުވެފައިވާތީ ގަލްފްގެ ޤައުމެއްގައި ހުރި ބޭފުޅެއް މެދުވެރިކޮށް ސައޫދީ އަރަބިއާއިން ހިލޭ އެހީގެ ގޮތުގައެވެ.

އެމްވީ ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް އިން ވޭތުވެދިޔަ ހަމަސް ދުވަހު އެ ކުންފުނީގެ ވެއަރހައުސްގައި މި ސިޕްމަންޓް ބެހެއްޓުމަށްފަހު ކަސްޓަމްސް ޑިޕާރޓްމަންޓް އިން ޖަވާބުލިބޭހާ އަވަހަކަށް މި ޝިޕްމަންޓް ނީލަން ކިއަން ނިންމާފައިވާ ކަމުގެ ނޯޓިސް ވަނީ ދީފައެވެ. އަދި މި ޝިޕްމަންޓް އާއި ކޮލެޖުން ހަވާލުވެފައި ނުވާކަން ފާހަގަ ކޮށް، މިގޮތަށް އެތެރެކުރެވޭ ކޮންމެ ޝިޕްމަންޓަކީ ކަސްޓަމްސްގެ އީޑީއައި ސިސްޓަމުގެ ތެރެއިން ކަނޑައެޅިފަވާ ފިކްސްޑް ޑިއުޓީ ނެގޭ މުދާ ކަމަށްވެފައި މިފައިސާއަށް ގެނެވޭނެ އިތުރު ބަދަލެއް ނޯންނާނެކަން ވަނީ ފާހަގަ ކޮށްފައެވެ.

އެ ނީލަން ފަށާއަގަކީ 1 ލައްކަ ރުޕީސް ގޮތުގައި ކަނޑައެޅުމަށްފަހު، މުއްސަފް ޝިޕްމަންޓުގެ ނީލަން 21 ޖެނުއަރީގައި ބާއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ.

ޚިޔާލު

Your email address will not be published.

More in ބޮޑު