ހއ.މާރަންދޫގައި ތިބި އަރަބި ކިޔަވަން ޝައުގުވެރިވާ ފަރާތްތަކުން ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅިގެން މާރަންދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ތިން މަސްދުވަހުގެ ނިޔަލަށް އަރަބި ދަސްކޮށްދޭ ކުލާސްތަކެއް ހިންގުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.
މި ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 18 އަހަރުން މަތީގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވެސް ވަނީ ހުޅުވާލާފައެވެ.
މި ކުލާސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓް ކުރުމަށް އެ ކައުންސިލުން އެދެއެވެ.
ނަން ނޯޓް ކުރެއްވުމަށް ގުޅުއްވާނީ 7530998، 7878310 މި ނަމްބަރުތަކަށް ގުޅުމަށާއި އަދި އިތުރު މައުލޫމާތު ހޯދުމަށް 7530998، 6500029 މި ނަމްބަރުތަކަށް ގުޅުމަށް ކައުންސިލުން އެދއެވެ.
ބައިވެރިންގެ ޝައުގުވެރިކަން ހުރި މިންވަރު ބެލުމަށް ފަހު، ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލާނެ ކަމުގައި އެ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!