މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލުން އިންތިޒާމް ކޮށްގެން ފިރިހެން ބޭފުޅުންނަށް ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓް ކުރުމަށް އެ ކައުންސިލުން އެދެއެވެ.

Ad
rt

މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި، މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުމަށް (9847976، 9874096) މި ނަމްބަރުތަކަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެ ކައުންސިލުން އެދެއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރ މަހުގެ ހަތަރުވަނަ ދުވަހުއެވެ.