އިންގްލޭންޑްގެ ލޫޓޮން އަށް ނިސްބަތްވާ މާރިޔާ މުޅި ޤުރުއާން އެއްކޮށް ހިތުދަސްކޮށް، އުމުރުން 7 އަހަރުގައި ހާފިޒާއެއްގެ ލަޤަބްވަނީ ހޯދާފައެވެ.

ސީރިއާއަށް އެހީވުމަށް ބޭއްވުނު ހިތުދަސްކުރުމުގެ ޗެލެންޖެއްގައި އުމުރުން 5 އަހަރުގައި މާރިޔާ ބައިވެރިވެ، ޔާސީން ސޫރަތް ވަރަށް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ހިތުން ދަސްކުރުން ވެގެންދިޔައީ މާރިޔާ ޤުރުއާން ހިތުން ދަސްކޮށްދިނުމަށް އާއިލާއަށް ލިބުނު ހިތްވަރަކަށެވެ.

Ad
rt

ސްކޫލްގައި ޤުރުއާންގެ ފަހު ފޮތް ދަސްކުރުމުން މާރިޔާ އަކީ ވަރަށް ހިތް އަލި، އަދިވަރަށް އަވަހަށް ފިލާވަޅުތައް ދަސްކުރާ ކުއްޖެއްކަން އެނގުމުން މާރިޔާ ހާފިޒާ އަކަށް ހެދުމަށް އޭނާގެ މަންމަ ބޭނުންވި އެވެ. ހިފްޒު ކްލާސް ތައް ނެތުމުން މާރިޔާ އަށް މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރު ކޮށްދިނީ މާރިޔާ މަންމައެވެ.

މިގޮތަށް ޤުރުއާން ދަސްކޮށްދިނުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާ މިކަމުގައި ވަރަށް ކެތްތެރިކަމާއި ހިތްވަރު ބޭނުންވި ކަމެއްކަމަށް މާރިޔާ ގެ މަންމަ ވަނީ ބުނެފައެވެ. މާރިޔާ ވަނީ ޓައިމްޓޭބަލް އެއް ހެދުމަށްފަހު ދުވާލަކު 5 ގަޑިއިރު ޤުރުއާން ދަސްކުރުމުގައި ހޭދަކޮށްފައެވެ.

ސްކޫލްއަށް ދިއުމުގެ ކުރިން އާސޫރަތެއް ދަސްކުރަން ފަށާ އަދި ސްކޫލުން ގެއަށް އައިސް ދަސްކުރަން ފަށާފައިވާ ސޫރަތް އިތުރަށް ކިޔަވާ، މީގެ އިތުރުން ރޭގަނޑު ކެއުމަށްފަހުވެސް މާރިޔާ ޤުރުޢާން އިތުރަށް ފަރިތަކުރެއެވެ.

މާރިޔާއަށް ހިތްވަރުދިނުމުގެ ގޮތުން މާރިޔާ ކޮންމެ ސޫރަތެއް ދަސްކުރުމުން މާރިޔާ ގެ މަންމަ ވަނީ ކުޅޭއެއްޗެއް، ކުލަ ޖައްސާ ފޮތެއް ނުވަތަ ރެސްޓޯރެންޓް އަކުން މާރިޔާއަށް ކަމުދާ މީރު ކެއުމެއް ފަދަ އެއްޗެއް މާރިޔާ އަށް ހަދިޔާ އެއްގޮތުގައި ދީފައެވެ.

މާރިޔާ އަދި އޭނާގެ އާއިލާއިން ކުރި ހިތްވަރުގެ ފޮނި ނަތީޖާއެއްގް ގޮތުން މާރިޔާވަނީ އުމުރުން އެންމެ 7 އަހަރުގައި ޤުރުއާން އެއްކޮށް ހިތުންދަސްކޮށް ހާފިޒާއެއްގެ ލަޤަބް ހޯދިއެވެ.

މާރިޔާގެ ކާމިޔާބީ ފާހަގަ ކުރުމަށް އާއިލާއިން ވަނީ ކުޑަ ރަސްމިއްޔާތެއް ވެސް ބާއްވާފައެވެ.