އެމްއެންޑީއެފްގެ ފަރާތުން ހއ. ފިއްލަދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން މިއަހަރުގެ ޖެނުއަރީ 4 އަށް ފިއްލަދޫގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމްގައި އެރަށުގެ 60 މީހުން ބައިވެރިވެފައި ވެއެވެ.
އެ ޕްރޮގްރާމް ނިންމުމުގެ ގޮތުން ރަސްމިޔާތެއްވަނީ ހއ. ފިއްލަދޫގައި ބާއްވާފައެވެ.
MNDF Northern Area in HA. Filladhoo gai kuriahgendhiya “Moodhu Kasrathu Program” nimmaalaifi. 2019 December 15 in 2020 January 4 vana dhuvahuge niyalah kuriah gendhiya mi program gai e rashuge 60 faraathakun vanee baiverivefa. pic.twitter.com/kjMb75yFJw
— Maldives National Defence Force (@MNDF_Official) January 8, 2020
އެމްއެންޑީއެފްގެ ފަރާތުންދަނީ ރާއްޖޭގެ ރައްޔިތުންގެ ދުޅަހެޔޮކަމަށް އަހުލުވެރިކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޕްރޮގަރާމްތައް ހިންގަމުންނެވެ. މިފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ރައްޔިތުންނަށް ކަސްރަތުތައް ކުރަންވީ ރަނގަޅު ގޮތްތައް ދަސްކޮށްދީ، ކަސްރަތުތަކާގުޅޭ މައުލޫމާތު ފޯރުކޮށްދީ، ކަމުގެ ބޭނުންތެރިކަންކިޔައިދެއެވެ. އަދި މިފަދަ ޕްރޮގްރާމްތަކުން ނުކުންނަ ނަތީޖާއާއި، ބައިވެރިވާ މީހުންގެ ސައުގުގެ ސަބަބުން އެހެން މީހުންނަށްވެސް ކަސްރަތު ކުރުމުގެ ހިތްވަރުލިބި ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!