ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާ އަށް އާ ކަންޓްރީ ޑައިރެކްޓަރެއް ހަމަޖައްސައިފިއެވެ.

އެ މަގާމަށް ހަމަޖައްސާފައި ވަނީ ޑޭވިޑް ސިސްލަންއެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވީ ފާރިސް ހަދާދް ޒާވޯސްއެވެ.

Ad
d

ވޯލްޑް ބޭންކުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސިސްލެން މި މަގާމާ ހަވާލުވާނީ އަންނަ މަހުގެ 1 އިން ފެށިގެން ކަމަށެވެ. ފާރިސް ހަދާދު ޒާރްވޮސް ވޯލްޑް ބޭންކުގެ އެހެން މަގާމަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެމެރިކާ އާއި އިޓަލީގެ ޕާސްޕޯޓް އޮންނަ ސިސްލެން އަކީ 2001 ވަނަ އަހަރު ވޯލްޑް ބޭންކާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އެންމެ ފަހުން ސިސްލެން ހުންނެވީ ވޮޝިންޓަން ޑީސީގައި ހުންނަ ލެޓިން އެމެރިކާ އަދި ކެރީބިއަން ރީޖަންގެ އާބަން، ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް އެންޑް ލޭންޑްގެ ޕްރެކްޓިސް މެނޭޖަރެއްގެ ގޮތުގައެެވެ.

Ad
df

ޑޭވިޑް ސިސްލަން ވިދާޅުވީ އާ މަގާމާ ހަވާލުވެ، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސަރުކާރުތަކާ ގުޅިގެން ތަރައްގީގެ މަޝްރޫއުތައް އަވަސް ކުރުމަށް ކަމަށެވެ. ސިސްލެން ހަވާލުވާ، ރާއްޖެ، ސްރީލަންކާ އަދި ނޭޕާލްގެ ވޯލްޑް ބޭންކުގެ 4.8 ބިލިއަން ރުފިޔާގެ މަޝްރޫއުތައް އޭނާ ބަލަހައްޓަވާނެއެވެ.