ދޮގެއްވާ ނޫނެވެ. ކުޅުދުއްފުށި ސިޓީ މީހުން އެބުނަނީ ހަމަ ތެދެކެވެ. އެއީ ހަމަ މުނާފިގު ސްޕަންޖެވެ.
ހދ. ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކުރި މީހެއް މީސް މީޑިއާގައި ކިޔާދިން ވާހަކައެކެވެ. އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ތަށި ދޮންނަން ބޭނުންކުރާ ސްޕަންޖްގަނޑެއްގެ ފޮޓޯ ލުމަށްފަހު ބުނެފައި ވެއެވެ.
"މިއަކީ މުނާފިގު ސްޕަންޖެވެ. އަޅުގަނޑަށް މިނަން ދަސްވީ ހދ. ކުޅުދުއްފުށިންނެވެ."
އޭނާ ބުނެފައި ވެއެވެ.
ސްޕަންޖަށް އެނަންކިޔަނީ ކީއްވެތޯ އެރަށު މީހަކާ ސުވާލު ކުރީމެވެ. ޖަވާބު ލިބުނީ އެހެން ކިޔަނީ ސްޕަންޖްގެ ދެފުށް ދެގޮތް ކަމުން ކަމަށެވެ.
އޭނާއަށް ކުޅުދުއްފުށިން މި ދިމާވީ މުނާފިގު ސްޕަންޖާއެވެ. ދިވެހި ބަސްފޮތަށް ފީނާލައި ކުޅުދުއްފުށީ މީހުން ސްޕަންޖަށް އެދިން "މުނާފިގު"ގެ މާނަ ބަލާލީމެވެ. ތިން މާނައެއް ބުނެދޭ "މުނާފިގު" ގެ މާނަތަކަކީ، ދެފުއް ދެގޮތް މީހާ، ނުވަތަ ހިތް ނުބައި މީހާ، ނުވަތަ މުސްލިމެއް ކަމަށް ދައްކައިގެން އުޅޭ މީހާ މިއެވެ.
ސްޕަންޖްގެ ދެފުއް ދެގޮތް ވުމުން ކުޅުދުއްފުށީ މީހުން ސްޕަންޖަށް އެދިނީ ވަރަށް ގުޅޭ ނަމެކެވެ.
އޭނާގެ ސްޓޭޓަސް ނިންމާލީ އެހެން ރަށްރަށު މީހުންނަށް ސުވާލެއް ދޫކޮށްލަމުންނެވެ. " ރާއްޖޭގެ އެހެން ހިސާބުތަކުގައި މި ސްޕަންޖަށް ކިޔަނީ ކޮން ނަމެއްބާއެވެ.؟"
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!