ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޒީނާޒް އަދުނާން ހަމަޖައްސައިފި އެވެ.

ޕީއެންސީ އިން ރޭ ބުނީ އެ ޕާޓީގެ އާ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އިއްޔެ ޒީނާޒް ހަމަޖައްސާފައިވާ ކަމަށެވެ.

Ad
rt

ޒީނާޒް އަކީސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު، އާދަމް ޝަރީފްގެ އަނބިކަނބަލުންނެވެ.

އޭނާ ވަނީ މިދިޔަ މަޖިލިސް އިންތިޚާބުގައި ޕީއެންސީ ޓިކެޓް ހޯދުމަށް ޕީއެންސީ/ޕީޕީއެމްގެ ފުވައްމުލަކު ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާފައެވެ.

ޒީނާޒް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފަ އެވެ. އަދި އެވިޑް ކޮލެޖްގެ ޑައިރެކްޓަރ އޮފް ކަރިކިއުލަމް ޑިވެލޮޕްމަންޓްގެ މަގާމު ވެސް ފުރުއްވާފައި ވެއެވެ.

ޕީއެންސީގެ އެސްޖީގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ މަޖިލިސް މެންބަރު ޝިފާގު މުފީދު (ހިސްޓޯ) އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.