އިކޮނޮމިކް މިނިސްޓްރީއިން ދޫކުރާ ހަތަރު ހުއްދައެއް ދޫކުރުން ހުއްޓާލައިފިއެވެ.
މި ހަތަރު ހުއްދަ ދޫކުރުން އެ މިނިސްޓްރީއިން ހުއްޓާލީ ޤާނޫނު ނަންބަރު 2019/20 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް 4 ޖެނުއަރީ 2020 ގައި ޢަމަލުކުރަން ފެށުމާގުޅިގެންނެވެ.
އިކޮނޮމިކް މިނިސްޓްރީއިން ދޫކުރުން ހުއްޓާލާފައިވާ ހުއްދަތައް
- އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ހުއްދަ
- ސައިހޮޓާ ހިންގުމުގެ ހުއްދަ
- ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ
- ކެންޓީން ހިންގުމުގެ ހުއްދަ
މިގޮތަށް ހަމަޖެހުމާއެކު 4 ޖެނުއަރީ 2020 އިން ފެށިގެން، އެ ހަތަރު ހުއްދަތަކާގުޅޭ މަހު ފީ ބަލައިގަތުން އިކޮނޮމިކް މިނިސްޓްރީންނާއި، ސިޓީ ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތަކުންނާއި މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީން ހުއްޓާލާފައިވާމަށް އިކޮނޮމިކް މިނިސްޓްރީއިން ހާމަ ކުރައްވައެވެ.
މިއިން ވިޔަފާރިއެއް ކުރަން ބޭނުންވާ ފަރާތްތަކުން، ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު)ގެ ދަށުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް، ކުންފުންޏެއް، ޕާރޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ރަޖިސްޓަރީކުރުމަށްފަހު، މިމިނިސްޓްރީން އިތުރު ހުއްދައެއް ނުހޯދައި ވިޔަފާރި ފެށޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!