ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދިވެހި ދިފާޢީ ބާރުން އިލްތިމާސްކޮށްފިއެވެ.
ޤައުމީ ދިފާޢީ ބާރުން މިފަދަ އިލްތިމާސެއްކުރީ، މޫސުމާ ބެހޭ ޤައުމީ އިދާރާ، މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ކުރިއަށް އޮތް ތިން ދުވަހަށް، ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައިވާތީކަމަށް އެ އިދާރާއިން ބުނެފަވެއެވެ.
މިގޮތުން ޚާއްޞަކޮށް މުޅި ރާއްޖެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރާކަމަށް ދިފާއީ ބާރުންބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!