އިސްލާމިކް ޔުނިވާސިޓީއަށް އާ ޑީނުން ހަމަޖައްސައިފިއެވެ. އާ ޑީނުން މަޤާމްތަކަށް އައްޔަނު ކޮށްފައިއާ ވަނީ މިއަދު އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެގޮތުން ސެންޓަ ފޯ ޕޯސްޓްގްރެޖުއޭޓް ސްޓަޑީޒްގެ ޑީންކަމަށް އައްޔަނު ކުރައްވާފައިވަނީ ޑރ. އަބްދުﷲ ޖަމީލެވެ. ސެންޓަ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީންކަމަށް އައްޔަނު ކުރައްވާފައިވަނީ ޑރ. އިސްމާއިލް ޝަފީއެވެ.

Ad
rt

މީގެ އިތުރުން ކުއްލިއްޔާ އޮފް އެރަބިކް ލެންގްވޭޖްގެ ޑީންކަމަށް އިސްހާގު މުހައްމަދުފުޅު، ކުއްލިއްޔާ އޮފް އެޑިޔުކޭޝަންގެ ޑީންކަމަށް ޑރ. ޢާއިޝަތު ރީޝާ، ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސްގެ ޑީންކަމަށް އަހްމަދު ސަލީމް ހުސައިން އަދި ކުއްލިއްޔާ އޮފް ޝަރީއާ އެންޑް ލޯގެ ޑީންކަމަށް މުހައްމަދު ޝުޖާއު އަބްދުލްޙަކީމް ވަނީ އައްޔަނު ކުރައްވާފައެވެ.

ޑީނުންނަށް އައްޔަން ކުރި ބޭފުޅުންނަކީ، އާންމުކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށްފަހު ޔުނިވާސިޓީގެ މަޖިލީހުން ހަތަރު އަހަރުގެ މުއްދަތަށް އައްޔަން ކުރި ބޭފުޅުން ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އާ ޑީނުން އައްޔަން ކޮށްފައިވަނީ ކުރިން ޑީނުންގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ މަގާމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.