ޤަވާޢިދާ ޚިލާފަށް މުދާ އުފުލި މީހެއް ފުލުހެއްގައިގައި ސައިކަލުން ޖައްސާފައި ފިލަން އުޅެފިއެވެ.

ފުލުހުން ބުނީ ޤަވާޢިދާ ޚިލާފަށް މުދާ އުފުލި މީހެއް މަޑުކުރަން ބުނުމުން މަޑުނުކޮށް ދާން އުޅުމުން ފުލުހުން އޭނާ ހުއްޓުވިކަމަށެވެ. އަދި ސައިކަލް ދުއްވަން އިންމީހާގެ މައުލޫމާތު ދޭން އެދުމުން އެކަމަށް އިންކާރުކޮށް ފުލުސްމީހާއާއި ދިމާއަށް ހަޑިކޮށް އެއްޗެހި ކިޔާފައިވާކަމަށެވެ.

Ad
rt

ޤަވާޢިދާ ޚިލާފަށް ސައިކަލް ދުއްވި މީހާ އުޅުނީ ފުލުސްމީހާއާއި ދިމާއަށް ހަޑިކޮށް އެއްޗެހި ކިޔުމަށްފަހު ފުލުސްމީހާ ގައިގައި ސައިކަލުން ޖައްސާފައި ފިލާށެވެ. ނަމަވެސް ފުލުހުން އޭނާ ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ލައިސަންސް ވަނީ މިހާރު ފުލުހުން ހިފަހައްޓާފައެވެ.