މިފްކޯގެ ސީއީއޯ ޝަމާހުގެ ސަސްޕެންޝަން އުވާލައިފި

ސަމާހް، ފޮޓޯ: މިފްކޯ
ސަމާހް، ފޮޓޯ: މިފްކޯ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީޕް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސަމާހް ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ޝަމާހުގެ ސަސްޕެންޝަން އުވާލައި އިއްޔެ އެކަން ވަނީ އަންގާފައެވެ.

ޕީސީބީން މިފްކޯގެ ސީއީއޯ އަދި އެމްޑީ ސަމާހް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރީ އޭނާ އާއި ގުޅޭގޮތުން ކޯޕަރޭޓް ގަވަނަސްއާއި ގުޅޭ މައްސަލަތަކެއް އެ ބޯޑަށް ހުށަހެޅިފައިވާތީ އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމަށްޓަކައިކަމަށް ބުނެ މިދިޔަ މާރިޗް 18 ވަނަ ދުވަހުއެވެ.

މިފްކޯއިން މީޑިއާތަަކަށް ބުނެފައިވާގޮތުގައި އެ ކުންފުނީގެ އެންމެހާ ކަންކަން މިފްކޯ ބޯޑު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ޕީބީސީން ސަމާހަށް ވަނީ އިރުޝާދު ދީފައެވެ.

ސަމާހް މަގާމުގެ މަސްއޫލިއްޔަތުތަކުން ފުރަތަމަ އެކަހެރިކޮށްފައި ވަނީ 14 ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ޕީބީސީން ފަހުން މި މުއްދަތު ދަންމާލިއެވެ.

ޕީސީބީ އިން ސަމާހް، މިފްކޯގެ ސީއީއޯ ގެ މަގާމަށް ހަމަަޖައްސާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި