ިމާލޭގައި މިއަދު ހަވީރު މީހެއް ގަޔަށް ވަޅި ޖަހައިފިއެވެ.
ފުލުހުން ބުނީ މާފަންނު ހިލާލީ މަގުގައި ބަޔަކު ހަމަނުޖެހުން ހިންގާ ކަމަށް މިއަދު 4:40 ހާއިރު ފުލުހުންގެ ސީސީޓީވީ ކެމެރާއަކުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވެގެން ފަރުވާދެމުން ދަނީ 29 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.
އަދި އެކަން ބެލި އިރު މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗް އިން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާ ލިބުނު މީހާގެ އަރިކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!