ރާއްޖެ ގެނައި 72 ކިލޯ ޑްރަގް މައްސަލާގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ އިރުފާން ތަގިއްޔު އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

2020 ވަނަ އަހަރު ކަނޑުމަގުން އެތެރެކުރި 72 ކިލޯގެ ޑްރަގް މައްސަލާގައި ދައުލަތުން ދައުވާކުރާ އިރުފާން ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ފަހުކޮޅު ބަންދުން ދޫކޮށްލި އެވެ.އެކަމަކު ދާދިފަހުން ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ގާނޫނާ ހިލާފް ކަމަށް ހުކުމްކޮށްފަ އެވެ.

Ad
rt

އިރުފާން އަލުންބަންދުކުރީ ސުޕްރީމް ކޯޓުގެ އެ ހުކުމާ ގުޅިގެން، އިރުފާން އަލުން ބަންދުކުރަން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުންނެވެ.

އެ މައްސަލާގައި އިރުފާންގެ އިތުރުން އިތުރު ބަޔަކަށް ވެސް ދައުވާކުރި އެވެ. ނަމަވެސް އިރުފާނަކީ އެ މައްސަލާގެ އެންމެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތު ކުރާ މީހާ އެވެ.