ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމަށް ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B، ޙަސަން ޒަރީރު، އައްޔަންކޮށްފިއެވެ.
މި މަގާމަށް ޙަސަން ޒަރީރު އައްޔަންކޮށްފައިވަނީ މިރޭ ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) އަށް ފަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށް އެ ބީއެމްއެލުން ބުންޏެވެ.
ބޭންކުން އިތުރަށް ބުނެފައިވާގޮތުގައި ބޭންކުގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް ގ. ސިނަމާލެ 3 35-04، ޢަލީ ފާރިސް މުޙައްމަދު، ވަނީ އީޖީއެމްގައި އައްޔަންކޮށްފައެވެ.
އަލަށް އައްޔަންކުރި ދެ ޑިރެކްޓަރުންނާއެކު، ބޭންކުގެ ބޯޑު ޑިރެކްޓަރުންނަކީ:
* މރ. ކާރލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު)
* ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
* ޙަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B
* ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ
* ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
* ޢާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ
* ޢަލީ ފާރިސް މުޙައްމަދު، ގ. ސިނަމާލެ 3 35-04
* އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ
* އަޙްމަދު މުޙައްމަދު، ގ. އުފާ
* އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!