އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ޢާންމުކޮށްފިއެވެ.
މި ލިސްޓް އީސީން ނެރެފައި މިވަނީ އިންތިޚާބާބެހޭ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާހްގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އިންތިޚާބު ބާއްވާ ތާރީޚް ފަސްވުމުން، ރީ- ރަޖިސްޓްރޭޝަން އަށް އަލުން ހުޅުވާލައި ފުރުޞަތު ދިނުމަށް ފަހުއެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބު އޮންނާނީ އަންނަ މަހުގެ 21 ގައެވެ.
މި އަހަރު 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ އިރު، އެ ދާއިރާތަކަށް 469 ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ 326 ފިރިހެން ކެންޑިޑޭޓުންނާއި 43 އަންހެން ކެންޑިޑޭޓުންނެވެ. އިންތިހާބުގައި ގިނައީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!