ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް އާންމު ހާލަތައް ގެނެސްފިއެވެ.
ގައުމީ ދިފާއީ ބާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހު 24 އިން ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހިންގަމުން ގެންދިޔަ އޮޕަރޭޝަން މިއަދު ހެނދުނު 6:00 ގައި ނިންމާލާފައިވާ ކަމަށެވެ.
ގައުމީ ދިފާއީ ބާރުން މިއަދު އާންމު ހާލަތަށް ގެނައި، އެލާޓް ލެވެލް "ޔެލޯ 2" އަކީ އާންމުކޮށް ސިފައިންގެ އެލާޓް ސްޓޭޓަސް އަށްވުރެ އެއް ދަރަޖަ މައްޗެވެ. ނަމަވެސް ސިފައިންގެ އެލާޓް ދަރަޖަ މަތިކުރީ ވަކި ނުރައްކަލެއް އޮވެގެން ނޫން ކަމަށް އެމްއެންޑީއެފްއިން ވަނީ ކުރިން ބުނެފައެވެ.
އެލާޓް ލެވެލް "ޔެލޯ 2"އަށް މަތިކުރުމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވެ، ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އިތުރުން، އެއާޕޯޓްގެ ސެކިއުރިޓީ ވެސް ވަރުގަދަކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!