އެމެރިކާގެ ނައިބު ރައީސް ވިދާޅުވަނީ ޔަހޫދީން ލާއިންސާނީ އަމަލުތަކެއް ހިންގާ ކަމަށް!

IMG_4882

އިސްރާއީލުން ލާއިންސާނީ އަމަލުތަކެއް ހިންގަމުން ގެންދާ ކަމަށާއި ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ގޮވާލައްވައިފިއެވެ.

ކަމާލާ ހެރިސް ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލައި އެއަށް އަމަލުކުރުމުގެ ހުރިހާ ބާރެއް އޮތީ އިސްރާއީލާއި ހަމާސް ޖަމާއަތުގެ އަތްމަތީގައި ކަމަށެވެ. ދެ ފަރާތުންވެސް އެކަމަށް އެއްބާރުލުން ދޭންޖެހޭ ކަމަށް އޭނާ ވިދާލުވިއެވެ.

ހަމައެހެންމެ ހަނގުރާމައިގެ ސަބަބުން އެތައްހާސް އާންމު ރައްޔިތުންނެއް ޝަހީދުވެ، ދިރިއުޅޭ ވަޒަނުގައި ގެދޮރު ގެއްލި ބިކަވެފައިވާ ކަމަށާއި، ރަހީނުކޮށްފައިވާ ފަރާތްތައް އެ ފަރާތްތަކުގެ އާއިލާ ކައިރިއަށް ސަލާމަތުން ދިއުމުގެ ފުރުސަތު ދީ، ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމުގެ ފުރުސަތު ދޭންޖެހޭކަމަށް ކަމަލާ ވަނީ ވިދާޅުވެފައެވެ.

ފަލަސްތީނުގެ ޣައްޒާއިން ފެނާއި ކަރަންޓުގެ ހިދުމަތް ކެނޑި، އާންމު ރައްޔިތުން ބަނޑަށް ޖެހިފައިވާ ކަމަށާއި، މިހާރު ކުރުމަށް ތައްޔާރުވަމުންދާ މަޝްވަރާތަކުގެ ތެރެއިން ހަ ހަފްތާއަށް ހަނގުރާމަ ހުއްޓާލައިފިނަމަ، ޣައްޒާގައި ރަހީނުކޮށްފައި ތިބި އިސްރާއީލަށް ނިސްބަތްވާ ފަރާތްތައް މިނިވަންކޮށް، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ފަލަސްތީނުގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ކޮންމެހެން ފޯރުކޯށްދޭންޖެހޭ ކާނާއާއި ބޯފެނުގެ އިތުރުން އެހެނިހެން އެހީތައް ފޯރުކޮށްދެވިގެން ދާނެކަމަށް ކަމަލާ ވިދާޅުވިއެވެ.

ކަމާލާ ހެރިސް ވިދާޅުވީ އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދަނީ "ލާއިންސާނީ" އަމަލުތަކެއް ކަމަށާއި މިކަމުގެ ސަބަބުން އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށެވެ.

މީގެއިތުރުން ސުލްހަވެރިކަމާއެކު މަޝްވަރާކޮށް، ބޭރު ދުނިޔޭގެ އެހެން ގައުމުތަކަށް ފަލަސްތީނަށް އެހީތެރިވުމުގެ ފުރުސަތުދީ، އެތައް ހާސް ފަލަސްތީނު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީފޯރުކޮށްދިނުމަށް ފުރުސަތު ދިނުމަށްވެސް ވެސް އެކަމަނާ ގޮވާލެއްވިއެވެ.

އިސްރާއީލުން ހުއްޓުމެއްނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 30،000 އަށް ވުރެ ގިނަ ރައްޔިތުންނެއް ޝަހީދުކޮށްލާފައި ވާއިރު، ޣައްޒާގެ ރައްޔިތުން އުޅެމުންދަނީ ފެނާއި ކާބޯތަކެތި ނުލިބި ބަނޑުހައި ހޫނުކަމުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *