އުރީދޫ ޕްރޮމޯޝަނުގެ ދަށުން ޕީއެސްޖީގެ މެޗު ބަލާލަން ފުރުސަތު ލިބޭ ނަސީބުވެރިޔާ ހޮވައިފިއެވެ.

މުއީ އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ގުޅިގެން ބޭއްވުނު ހާއްސަ ލަކީޑްރޯއެއްގެ ދަށުން ހޮވާފައިވާ ފަރާތެކެވެ. މި ލަކީޑްރޯއަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު 18، އިން ފެށިގެން ޑިސެމްބަރު 31، ގެ ނިޔަލަށް އުރީދޫގެ މޯބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލި ލަކީޑްރޯއެކެވެ.

Ad
rt

ހުކުރު ދުވަހު ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމުގައި ނެގި ލަކީ ޑްރޯގެ ނަސީބުވެރި ފަރާތަކަށް ހޮވިފައި ވަނީ އުރީދޫގެ ސުޕަނެޓު ކަސްޓަމަރު އަރުޝަދު އަބްދުލް ހަކީމެވެ. މި ފުރުސަތުގެ ދަށުން ދެކޮޅު ޓިކެޓާއި، ދެ ރެއާއި ތިން ދުވަހަށް ހުރުމާއި ކެއުމާއެކު، ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމްގެ އުރީދޫ ވީއައިޕީގައި އެޕްރިލް 21، ގައި ޕީއެސްޖީ އާއި ލިޔޯން ކުޅޭ މެޗު ބަލުމުގެ ފުރުސަތޔ ލިބިގެންދާނެއެވެ.

ޕީއެސްޖީއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ.

މި ޕާޓްނާޝިޕްގެ ދަށުން އުރީދޫ ޕީއެސްޖީ އެކަޑަމީ އާއި ޕީއެސްޖީ ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.