މަޑުމަޑުން ރައްޔިތުންގެ އިތުބާރު ހޯދައި އަދުލު އިންސާފު ކަށަވަރު ކޮށްދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ރ. މަޑުއްވަރީގެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖާގެ މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިންނަށް ދައުވާ ކުރިކަން ހާމަކޮށް، ޕީޖީން ކުރި ޓްވީޓާ އެކު، ޝަމީމް ވިދާޅުވީ
މަޑުމަޑުން އިތުބާރު ހޯދައި، އިރާދުކުރެއްވިއްޔާ އަމާންކަމާއި ރައްކާތެރިކަމާއި އަދުލު އިންސާފު ކަށަވަރު ކޮށްދޭނަން
ޕީޖީ ޝަމީމް މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ޢަދުލުއިންސާފުގެ ދާއިރާ އާއި މެދު ރައްޔިތުންގެ ޝަކުވާ ބޮޑުވެ މާޔޫސްވެފައިވާ ދަނޑިވަޅެއްގައި އެމަގާމާ ޙަވާލަވެ ވަޑައިގެން މާގިނަދުވަސްތަކެއް ނުވަނިސްއެވެ.
ޙުސައިން ޝަމީމަކީ ކުރިން ޑެޕިޔުޓީ ޕީޖީއަކަށް މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މިހާރުވެސް އެމަނިކުފާނު ގެންދަވަނީ ޢަދުލުއިންސާފުގެ ދާއިރާގައި ހުރި މައްސަލަތަކަށް އެމަނިކުފާނުގެ ދާއިރާއިން ޙައްލު ހޯދަންޖެހޭ ކަންކަމަށް ޙައްލު ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ދަޢުވާ ކުރުމުގެ މަރުޙަލާ ވެސް އަވަސް ކުރުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
މީގެ އިތުރުން 13 އަހަރުގެ އަންހެން ކުއްޖަކު ކޯޓުން ބޭރުގައި ކައިވެނިކޮށްގެން ބަނޑު ބޮޑުވެ ވިހޭ މައްސަލާގައި އެކުއްޖާގެ މައިންބަފައިންގެ މައްޗަށް ދަޢުވާ ކޮށްފައެވެ. އެގޮތުން އެކުއްޖާގެ މަންމަގެ މައްޗަށް 4 ދަޢުވާއެއް އުފުލާފައިވެއެވެ. އަދި ބައްޕަގެ މައްޗަށް އެއް ދަޢުވާ އުފުލާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!