މަޖިލިސް 2024: މާމިގިލި ދާއިރާ އަށް ވާދަކުރަން ޤާސިމް ފޯމް ހުށަހަޅުއްވައިފި

Qasim Ibrahim

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އދ. މާމިގިލި ދާއިރާ އަށް ވާދަކުރައްވަން އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

ޤާސިމްގެ ފަރާތްޕުޅުން އީސީ އަށް ފޯމު ހުށަހަޅާފައި ވަނީ ޤާސިމްގެ އިންތިޚާބީ އޭޖެންޓް މަހްމޫދު ރަމީޒް (ރަމްބެ) އާއި، ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަޒްލީން އަހްމަދު އަދި އެ ޕާޓީގެ ރަޖިސްޓަރާ އަލީ ސޯލިޙް އެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ޤާސިމް މިއަދު ފޯމު ހުށަހެޅުއްވިއިރު، ޤާސިމްގެ އަނބިކަނބަލުން ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އާއިޝަތު ނަހުލާ ވެސް އިއްޔެ ވަނީ ފޯމު ހުށަހަޅުއްވާފައެވެ. ނަހުލާ ވާދަކުރައްވަނީ ނަ 20 ވަނަ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާ އަށެވެ.

މި އިންތިޚާބުގައި ޖޭޕީގެ ނައިބު ލީޑަރު ޑރ. އަމީން އިބްރާހީމް ވެސް ޖޭޕީގެ ޓިކެޓްގައި ވާދަ ކުރައްވައެވެ. އޭނާގެ ފޯމު މާދަމާ އީސީ އަށް ހުށަހަޅަން ނިންމާފައިވާއިރު އޭނާ ވާދަކުރައްވަނީ ހެންވޭރު އުތުރު ދާއިރާ އަށެވެ.

މީގެ އިތުރުން ކުރީގެ ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވެސް ޖޭޕީގެ ޓިކެޓްގައި ރ. އުނގޫފާރު ދާއިރާ އަށް ވާދަކުރައްވަން ވަނީ ނިންމަވާފައެވެ.

އިނގިފައިވާ ގޮތުގައި ޖޭޕީގެ ޓިކެޓްގައި އެ ޕާޓީގެ މިހާރުގެ އެސްޖީ އަޒްލީން އަހްމަދު ވެސް ރ. ދުވާފަރު ދާއިރާ އަށް ވާދަކުރައްވައެވެ.

ޖޭޕީން 10 ދާއިރާ އަކަށް ވާދަކުރާނެކަން މިހާތަނަށް ލިބޭ ނުރަސްމީ މައުލޫމާތުން އިނގިފަވެއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *