ހއ. ކެލާ ހިމެނޭހެން ހަ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭ ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މިއަދު ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ހަވާލުކޮށްފައިވަނީ އަލް ހަބްޝީ އިންޖިނިއަރިން ކޮންސަލްޓެންޓްސް އޮފީސް ކިޔާ ބަޔަކާއެވެ.
މަގު ހެދުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް ހަވާލުކުރި 6 ރަށް
- ހއ. ކެލާ
- ރ. އަލިފުށި
- ރ. ހުޅުދުއްފާރު
- މ. މުލި
- ލ. ގަން
- ތ. ގުރައިދޫ
3.17 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން މި ހަ ރަށުގެ މަގުހެދުމަށް ބޭނުންވާ ސާވޭ އާއި ޑީޓެއިލްޑް ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ވެސް ކުރާނެއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަސް ތެރޭ ނިންމާގޮތަށެވެ.
އެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝާނާ ފާރޫގެވެ. އަލް ހަބްޝީގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ ޑިރެކްޓާ އަބްދުއްރައްޒާގު އިދުރީސް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!