ހއ. ދިއްދޫ ޖެޓީ ހަދާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް ޢިއުލާން ކޮށްފިއެވެ.

މިމަސައަކަތް ކޮށްދިނުމަށް ފުރަތަމަ ކުރި ޢިއުލާން ބާތިލު ކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިންކަމަށް އަލަށް ފުރުސަތު ހުޅުވާލި ޢިއުލާނުގައި ބުނެފައި ވެއެވެ.

Ad
rt

މިމަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީ އިން ކޮށްފައިވާ ޢިއުލާނުގައި ބުނެފައި ވަނީ، 30 މާރިޗު 2019 އިން ފެށިގެން އެ މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށްކަމަށެވެ.

އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް ޢިއުލާނުގައި ވެއެވެ.

މިބީލަން ހުޅުވުން އޮންނާނީ 27 ޖަނަވަރީ 2020 ވާ ހޯމަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.